ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ އެވެ. 

ފުލުހުން ބުނީ  ހައިވޭގެ ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. 

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މެއި 13 ވަނަ ދުވަހުގެ ރޭ 10:12 އެހައިކަންހާއިރު އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެ އެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފަ އެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ނުކުރެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.