އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ
އާރްޓީއައިއެއް ނޫންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް
(މުންދު) ވިދާޅުވެއްޖެއެވެ.
މުންދު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު އޮތް
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުންދު ވިދާޅުވީ،
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަންނަ ހުރިހާ އާރްޓީއައިއަކީ
ސައްޙަ އާރްޓީއައިއެއް ނޫން ކަމަށެވެ.
ވީއިރު، އެކަން އާރްޓީއައި ހުށަހެޅި ފަރާތަށް
އެންގުމަށް އެތައް މަސްތަކެއް ހޭދަވެގެންދަނީ ކީއްވެތޯ ސުވާލު ކުރުމުން މުންދު ވިދާޅުވީ،
އާރްޓީއައިތަކަށް ޖަވާބު ދޭން ޖެހޭ ކަމަށާއި، ޖަވާބު ނުދިނުމަކީ ހުއްޖަތެއް ނޫން
ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އެހެންނަމަވެސް އެއީ "ރޫހާ އެއްގޮތަށް"
އަންނަ އާރްޓީއައިއަކަށް ވާން ޖެހޭނެކަމަށް ވިދާޅުވެ މުންދު ވަނީ އަނެއްކާވެސް
އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވާފައެވެ.
ހުރެދާނެ، ހުއްޖަތެއްވެސް ނޫން، އެކްސްކިއުޒެއްވެސް ނޫން، އަނެއްކާ ހުރިހާ އިދާރާތަކުން ތިބޭފުޅުންނަށް ރެސްޕޮންޑް ކުރާލެއް އެއްވަރެއްވެސް ނޫން، އެ އިޝޫ އަޅުގަނޑުމެން އެބަ ނަގަމޭ، އެބަ ބަލަމޭ، ދެޓް ހަމަ ޓޯޓަލް އެޑްމިޝަން، އަޅުގަނޑުމެންގެ އަމާޒަކީ އަދިވެސް ގިނަ އިންސައްތައެއް އެއަށްވުރެ އަވަހަށް ތިބޭފުޅުންނަށް ލިބިވަޑައިގަތުމޭ. އެކަމަކު ރޫހާ އެއްގޮތަށް އަންނަ އާރްޓީއައިއެއްވެއްޖެއްޔާ،
އާރްޓީއައި ހުށަހަޅާ ފަރާތްތައް ގޯސްކުރައްވައި
ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމްވެސް ވަނީ ވާހަކަ
ދައްކަވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ، އާރްޓީއައި ޤާނޫނު
ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި
ކަމެއް ކަމަށާއި، ގިނަފަހަރު ފެނިގެންދަނީ އާރްޓީއައި. ޤާނޫނުގެ ބޭނުން ނަހަމަ
ގޮތުގައި ހިފާތަންކަމަށެވެ. އަދި ވިދާޅުވީ، ބައެއް ފަރާތްތަކުން ހުށަހަޅާ
އާރްޓީއައިތަކުގެ ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް
ހޭދަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އާރްޓީއައި ހުށަހެޅުމަކީ ޤާނޫނުން
ހުއްދަކޮށްގެން، ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރާ ކަމެއްކަން ހުދު އުޝާމްވެސް
ޤަބޫލު ކުރައްވައެވެ.