ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަން ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
އެ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އޭނާ ގެ މެންބަރުކަމުގެ ޝަރުޠު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގެވެ. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު އެވެ.
އޭގެ ތެރެއިން ޕީއެންސީގެ ސައީދަށް ލިބިލެއްވީ ކެންޑިޑޭޓު ނަންބަރު 1 އެވެ. ސޯބެއަށް ލިބިލެއްވީ ކެންޑިޑޭޓު ނަންބަރު 2 އެވެ.
ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު އެވެ.