އާންމު
ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް ޑޭޓާ ޕްރޮޓެކްޝަން ބިލެއް
މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު
އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް
އެފަދައިން ވިދާޅުވީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ، މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ
ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު ބޭނުން
ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.
މި
ބިލުގެ ދަށުން އެފަދަ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ
ނިޒާމެއް ގާއިމު ކުރެވިގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން،
ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި
ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ
ބެހޭ އުސޫލުތައް ވެސް މި ޤާނޫނުގެ ދަށުން ކަނޑައެޅޭނެކަން އުޝާމް ފާހަގަ ކުރެއްވިއެވެ.
މިއީ ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް ގާނޫނެއް.ބަންޑާރަނައިބު އަހުމަދު އުޝާމް
ޒާތީ
މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ގެނައި ނަމަވެސް، އެ ޤާނޫނުގެ ބޭނުން
ނަހަމަ ގޮތުގައި ހިފައި ސަރުކާރުން ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މި ޤާނޫނުގެ
ބޭނުން ހިފާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.