ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ ޢަދަދަކަށް ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. 

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.
ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

އެޗްޕީއޭ. އިން ބުނީ، 2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަހުން މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ގިނަ ކަމަށެވެ.

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.
ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

އެގޮތުން މާލެ ސަރަހައްދަށްވުރެ އަތޮޅުތަކުން ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު އިތުރުކަން ފާހަގަކޮށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ 3 ގެ ނިޔަލަށް މާލެ ސަރަހައްދުން އެކަނި 410 ކޭސް އާއި، އަތޮޅުތަކުން 2459 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެޗްޕީއޭ.އިން ބުނީ، ފާއިތުވެދިޔަ 2 ހަފްތާގެ ތެރޭގައި ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ، ހދ. އަތޮޅުން ކަމަށާއި، އެއީ 83 ކޭސް ކަމަށެވެ. މީގެ ތެރެއިން ކުޅުދުއްފުށިން 62 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

މީގެ އިތުރުން އެޗްޕީއޭ. އިން ބުނީ، ގދ. އަތޮޅުން 35 ކޭސް، ކ. އަތޮޅުން 29 ކޭސް، މާލެ ސަރަހައްދުން 22 ކޭސް، ށ. އަތޮޅުން 20 ކޭސް، ރ. އަތޮޅުން 19 ކޭސް، މ. އަތޮޅުން 17 ކޭސް، އދ. އަތޮޅުން 15 ކޭސް، ލ. އަތޮޅުން 13 ކޭސް އަދި އއ. އަތޮޅުން 11 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.
ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާއިރު، އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ އަށް ފަރުވާ ދެމުންދިޔަ ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

ޑެންގީއަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހުން އަންނަ ތަނުން ފަރުވާ ކުޑަނުކޮށް ސިއްހީ އަވަސް ފަރުވާ ދޭން ޖެހެ އެވެ. 

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި، ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭ. އިން ވަނީ އެދިފަ އެވެ. ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހުސްފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމާއި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި، ތަންތަން ސާފުކުރުމަށް އެޗްޕީއޭ. އިން އިލްތިމާސްކޮށްފައިވެ އެވެ.