އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް
ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް ހާޒިރުވާން އަންގައިފިއެވެ.
އެ
މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް އޭނާ ހާޒިރުވުމަށް
އަންގާފައިވަނީ 5 މެއި 2025 ވާ ބުދަ ދުވަހުގެ ރޭގަނޑު 21:00 އަށް ހުޅުމާލޭ ޕޮލިސް
ސްޓޭޝަނަށެވެ.
ފުލުހުން
ފޮނުވާފައިވާ ޗިޓުގައި ވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 މާރޗު 28
ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ
މުޙައްމަދު މުއިއްޒަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި
އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ.
މި
މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ
އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފައެވެ. ޤާނޫނުން ލިބިދޭ
ޙައްޤުގެ ބޭނުންކޮށް ފިޔާޒުގެ އިތުރުން ހަސަނުވެސް ނިންމީ މަސްދަރު ހާމަނުކޮށް،
ހަނު ހުރުމަށެވެ.
މީގެ އިތުރުން، ފުލުހުން
ހިންގާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑް
ޑްރައިވްތަކުގެ ފާސްވަރޑް ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ
އަމުރުކޮށްފައެވެ. ނަމަވެސް މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުގެ އިތުރުން،
އެހެން މައްސަލަތަކާ ގުޅިގެން މައުލޫމާތު ދީފައިވާ ފަރާތްތަކަކީ ކޮބައިކަން ވެސް
ޕާސްވަރޑް ދިނުމުން ހާމަވެދާނެ ކަމުގެ ބިރު އޮތުމުން އަދަދު ނޫހުން ވަނީ ޕާސްވޯޑު ހިއްސާ ނުކުރުމަށް
ނިންމާފައެވެ.