ބޯހިޔާވަހިކަމާ
ގުޅޭގޮތުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވީ މިއަދުގެ ރައީސް
ޑރ މުޙައްމަދު މުއިއްޒު ކަމަށާއި، އެހެންކަމުން އެ ވައުދުތައް ނުފުއްދުމަށް ވަޒީރު
އަބްދުﷲ މުއްތޮލިބަށް ބަހަނާއެއް ނުދެއްކޭނެކަމަށް ހިޔާ ޔޫނިއަންއިން ބުނެފިއެވެ.
ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދުގެ އިތުރުން، ފަހި
ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވަނީ ބައިވެރިވެވަޑައިގެން ބޯހިޔާވަހިކަމުގެ
މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ޕްރޮގްރާމްގައި
ވާހަކަ ދައްކަވަމުން ސަބާޙް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް
ވަޑައިގެންނެވީވެސް ބޯހިޔާވަހިކަމާ ގުޅޭގޮތުން ބޮޑެތި ވައުދުތަކެއް ވަމުން
ކަމަށާއި، އެމީހަކަށް ލިބިފައި އޮތް ތަނަކުން ގޯއްޗާއި ފްލެޓު ދެއްވާނެ ކަމުގެ
ވައުދަކީ އޭގެ ތެރެއިން އެއް ވައުދު ކަމަށެވެ.
ސަބާޙް
ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަޒީރުވެސް މަޖިލީހުގައި މި މައްސަލައާ ގުޅޭގޮތުން
ވާހަކަ ދައްކަވަމުން ގެންދަވަނީ ޒިންމާދާރުކަން ކުޑަކޮށެވެ. އެގޮތުން ލިސްޓެއް
އަދި އޮތަކަސް އެ ލިސްޓަށް ފްލެޓު ދޫކުރެވޭކަށް ނޯންނާނެކަމަށް ވަޒީރު
ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުންނަށް ވައުދުވީ ވަޒީރެއް
ނޫން ކަމަށާއި، ވައުދުވީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ވައުދު ފުއްދިފައިވަނީ ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެން މިއަދު ސުވާލު އުފައްދަން އެބަޖެހޭ، އަޅުގަނޑު ދަންނަވަން އޮތީ މުއްތޮލިބޭ ބޮޑެތި ވާހަކަ ނުދައްކާށޭ، މުއްތޮލިބެއް ނޫނޭ ރައްޔިތުން ގާތަށް ވައުދުތަކެއް ހިފައިގެން ވަޑައިގެންނެވީ، މިއަދުގެ ރާއްޖޭގެ ރައީސް މުއިއްޒުއޭ، ރައްޔިތުން ގާތުގައި ވައުދުވި އެ ލިސްޓަށް އޯނަރ ކުރައްވާނަމޭ.ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދު
ޕްރޮގްރާމްގައި
ވާހަކަ ދައްކަވަމުން އިބްރާހިމް ނޫރައްދީން ވިދާޅުވީ، ދައުރު ދެބައިވެގެން ދިޔައިރުވެސް
ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި، ވީއިރު
ދައުރުގައި ބާކީ އޮތް ދުވަސްތަކުގައިވެސް އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަމެއް
ނެތް ކަމަށެވެ. އަދި އެކަމުގައި އުއްމީދެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހާވެސް ނުފުއްދޭ ވަރުގެ ބިޔަ މަޝްރޫއެއްގެ ވާހަކަ އެ ދެއްކެވީ، ދައުރު ދެބައިވެގެން ދިޔައިރު އެއިން ބޯހިޔާވަހިކަމެއް ފެންނަން ނެތީމަ އަޅުގަނޑުމެންނަށް ނޭނގޭ ދެން އެ އަޅާނީ ކޮން ތާކުކަމެއް.ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން
ފްލެޓާ
ގުޅޭގޮތުން އެކި ގޮތަށް ސަރުކާރުގެ ސްޓޭންޑު ބަދަލުވަމުން އައިސްފައިވާއިރު، އެންމެ
ފަހުން ސަރުކާރުން ބުނެފައިވަނީ ސަރުކާރުން
ނިންމާފައިވަނީ މިދިޔަ ސަރުކާރުގައި ދޫކުރި ލިސްޓާ އެއްގޮތަށް ފްލެޓުތައް ޙަވާލު
ކުރުމަށް ކަމަށާއި، އޭގެ ތެރެއިން އުނިވެގެންދާނީ ހަމައެކަނި ޝަރުތު ހަމަނުވާ
ފަރާތްތައް އެކަނި ކަމަށެވެ.
އެހެންނަމަވެސް،
ޝަރުތު ހަމަނުވެގެން މިހާތަނަށް ފްލެޓު
ލިސްޓުން އުނިވެފައިވަނީ ކިހާ މީހުންނެއްތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް
މިއަދާ ހަމައަށްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޝަރުތު ހަމަނުވެގެން ބަޔަކު ކެންސަލްވިނަމަވެސް،
މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް
ނުޖެހޭނެކަމަށްވެސް މި ސަރުކާރުން ގެންދަނީ ބުނަމުންނެވެ.