މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ
ޗެއަރޕަރސަން އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ
ވަކީލު އަބްދުالله ޝާއިރު އެވެ. 

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވާ
ކަންކަމަށް ބަލާއިރު، އެއް ކަމަކީ  އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން
ނެރެފައިވާ އިންތިހާބުގެ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކުރުމެވެ.

މީގެ އިތުރުން، އިންތިހާބުގެ ކަންކަން އިސްތިއުނާފު
ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަންޖެހޭ ގޮތަށް
ކަނޑައަޅައިދިނުމަށް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި
އެދިފައިވެއެވެ. މިހާރު އެމްޑީޕީން އަމަލުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ
46 ވަނަ މާއްދާއާ ސީދާ ހިލާފަށްކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެ މާއްދާގައި އޮންނަ ގޮތުން ޗެއަރޕަރސަން އިންތިޚާބުގެ
ކަންކަން ހިންގާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބަށް ބަލާއިރު، ޗެއަރޕަރސަން
އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު 1 ލިބިލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު
ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ އަށެވެ.

ކެންޑިޑޭޓް ނަންބަރ 2 އިބްރާހީމް މުޙައްމަދު (ވާޑު)
ހުދުވިލާގެ/ލ.ފޮނަދޫއަށް ލިބިލައްވާފައިވާއިރު، ކެންޑިޑޭޓް ނަންބަރ 3 ލިބިލެއްވީ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް  ގ.ބަރޯސާ/މާލެ އަށެވެ.