އެމްޑީޕީ ޗެއަރޕާސަންގެ އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ. 

އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީން އެކުލަވާލާފައިވާ ކަމަށެވެ. 

ކޮމިޓީގައި ހިމެނޭ 3 މެންބަރުން

  • މުޙައްމަދު ނިޝާން އިބްރާހީމް، އިވްނިންއިން / ށ.ފޯކައިދޫ
  • ޑޮކްޓަރ ޢައިޝަތު ޢަލީ، މ. ހިޔާވަހިގެ / މާލެ
  • ޝާޠިރު ޢަބްދުއްރަޙްމާން، ބޯގަންވިލާ / ދ. ކުޑަހުވަދޫ

އެމްޑީޕީ އިން ބުނީ މި އިންތިޚާބާއިގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ މޯބައިލް ނަންބަރ: 7219637 އަށް މެސެޖުން ހުށަހެޅުމަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން  ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ވަނީ އިއުލާންކޮށްފަ އެވެ. މި ލިސްޓާއި މެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކުން 06 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމްޑީޕީ އިން ބުނެ އެވެ. 

މި އިންތިހާބުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ  12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ. އަދި މިމެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ.