12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އެ
ޕާޓީން އާންމުކޮށް، ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށްފި އެވެ.
އެމްޑީޕީން
ފާހަގަކުރާ ގޮތުގައި މިއީ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރުމަށް އެދި
ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމްތައް އިންތިޚާބާއިބެހޭ ކޮމިޓީން ބެލުމަށްފަހު، 22
އޭޕްރީލް 2026 ވަނަދުވަނު ކުރެވުނު އިއުލާނުގައިވާ ޝަރުތު ހަމަވާ ކެންޑިޑޭޓުންނެވެ.
ޗެއަރޕަރސަން
އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު 1 ލިބިލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު
ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ އަށެވެ.
ކެންޑިޑޭޓް
ނަންބަރ އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫއަށް ލިބިލައްވާފައިވާއިރު،
ކެންޑިޑޭޓް ނަންބަރ ލިބިލެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު
ނަސީމް ގ.ބަރޯސާ/މާލެ އަށެވެ.
މީގެ
އިތުރުން، އެމްޑީޕީން ވަނީ ޗެއަރޕަރސަން އިންތިޚާބުގެ ކޮމްޕަލެއިންސް ކޮމިޓީވެސް
އެކުލަވާލާފައެވެ. އެއީ އިންތިޚާބާއިބެހޭ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން
އިންތިޚާބާއިބެހޭ ކޮމިޓީން އެކުލަވާލާފައިވާ ކޮމިޓީއެވެ. ކޮމިޓީގައި
ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހީމް އިވްނިންއިން/ށ.ފޯކައިދޫ، ޑޮކްޓަރ ޢައިޝަތު ޢަލީ މ.ހިޔާވަހިގެ/މާލެ، އަދި އަލްފާޟިލް ޝާޠިރު ޢަބްދުއްރަޙްމާން
ބޯގަންވިލާ/ދ.ކުޑަހުވަދޫ އެވެ.
މި އިންތިޚާބާއި ގުޅޭގޮތުން އެއްވެސް
ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.