މަސައްކަތުގެ މާހައުލުގެ
ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒު ނުވެ، އެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަމާގުޅޭ އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު
ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީގައި ބުނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި
ސިއްހަތުގެ ދުނިޔޭގެ ދުވަހަކީ، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އެޕްރީލް
މަހުގެ 28 ވަނަ ދުވަހު ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާ (އައިއެލްއޯ)
އިސްނަގައިގެން މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ.
މި ދުވަސް ފާހަގަކުރުމުގެ
މައިގަނޑު މަގުސަދަކީ ދައުލަތާއި، ވަޒީފާދޭ ފަރާތްތަކާއި އަދި މުވައްޒަފުން ގުޅިގެން
ކުރާ މަސައްކަތްތަކުގެ ތެރެއިންނާއި އިޖުތިމާއީ މަޝްވަރާތަކުގެ އަލީގައި މަސައްކަތުގެ
މާހައުލުގައި ދިމާވާ އެކްސިޑެންޓްތަކާއި މަސައްކަތުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން
ރައްކާތެރިވުމަށް ބާރުއެޅުން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެގޮތުން ރާއްޖޭގައި އަމަލުކުރަން ފަށާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާ މިންގަނޑުތަކާއި އުސޫލުތައް
ހަދައި ހިންގާނީ މިނިސްޓަރު ގެ ލަފާގެމަތިން އޮތޯރިޓީން ކަމަށް ބަޔާން ކޮށްފައިވާ ކަން ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.
މެންބަރު ވިދާޅުވީ މި ގާނޫނާއި ގުޅޭގޮތުން ހަދަން ޖެހޭ ގަވާއިދުތައް
ހިމެނޭހެން އެއް ގަވާއިދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ އިން ހަދާފައިވާ ކަމަށެވެ. ހައްދަވާފައެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަމުގެ ގަވާއިދުގެ ނަމުގައި ހަދާފައިވާ މި ގުޅިގެން ގިނަ ފަރާތްތަކެއްގެ ޝަކުވާ
ލިބިފައިވާތީ އެ ގަވާއިދު އިސްލާހު ކުރުމަށްފަހު ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާ އެހެން
ކަމުން މި ގަވާއިދު ތަކަކީ މިހާތަނަށް އައިއިރު، އަމަލުކުރަން ފެށިފައިނުވާ ގަވާއިދު ތަކެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި މަސައްކަތްތެރީންގެ
ސިއްހީ ރައްކާތެރިކަމާ މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ
އެނޫންވެސް ފަރާތްތަކާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި ފިޔަވަޅު
އަޅަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ކަންކަން ބަޔާންކުރުމުގެ ގަވާއިދެއް
ނުނިމި އޮތުމަކީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާ އެހެން ކަމުން ލޭބަރ ރިލޭޝަންސް އޮތީރިޓީ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ މިންގަނޑުތައް މިނިސްޓަރު ގެ ލަފާގެމަތިން ޑިރެކްޓަރ ޖެނެރަލް އެކުލަވާލައި ދިވެހިސަރުކާރުގެ
ގެޒެޓުގައި ޝާއިއު ކުރަން ޖެހޭއިރު މި މިންގަޑުތައް ވަނީ މިއަދާއި ހަމައަށްވެސް ޝާއިރު
ނުކުރެވި ކަން ކުޑޫ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ކަމުން މި މަސައްކަތް ގޮސްފައިވާ ހިސާބެއް މި މަސައްކަތުގައި
ޒިންމާވާން ޖެހޭ ފަރާތްކަމަށްވާ 'ޑައިރެކްޓަރ ޖެނެރަލް އޮފް ވޯކް ޕްލޭސް ސޭފްޓީ
އެންޑް ހެލްތް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް
ޑިވެލޮޕްމަންޓް) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދެއްވައި ސާފުކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންދަ އެވެ.
2024 އޭޕްރީލް ގައި ހެދުނު މި ގާނޫނަށް މިއަދާއި ހަމައަށް ދެއަހަރު ވެފައިވާއިރު މިފަދަ މުހިއްމު މަސައްކަތެއް ގާނޫނުގައި
ކަނޑައެޅިފައިވާ މުއްދަތުގައި ނުކުރެވުމަކީ ރައްޔިތުންގެ މެދުގައި ސަރުކާރުގެ
އިދާރާތަކާއި މެދު އިތުބާރު ގެއްލޭނެ ފަދަ ކަމެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.