ބާރު
ގުގުރިއާޗއެކު ހޮނު އެޅުމުގެ ސަބަބުން ކަރަންޓު މައްސަލަތަކެއް ދިމާވަމުންދާކަމަށް
ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން
އަންގާރަ ދުވަހު ގެރޭ ކުރި ޕޯސްޓެއްގައި ބުނީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި
ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު
ކެނޑެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން
މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭތެރޭގެ ނުވަތަ
އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކޮށް، އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ނަގައި
ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
އެހެން
ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ،
ނުވަތަ ކަރަންޓު ނުލިބޭނަމަ ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް
ސްޓެލްކޯއިން ވަނީ އެދިފައެވެ.
އަންގާރަ
ދުވަހުގެރޭ އެކި ހިސާބުތަކަށް ގުގުރާފައިވާއިރު، ބާރު ގުގުރާއިއެކު ހުޅުމާލޭގެ
އިމާރާތަކަށް ހޮނު އަޅާފައިވެސް ވެއެވެ. އެގޮތުން ހޮނު އަޅާފައިވަނީ ހުޅުމާލޭ
ފުރަތަމަ ފިޔަވަހީގެ ރަބަރުގަސް މަގު 7 ކައިރީގައި ހުރި އިމާރާތަކަށެވެ. ހޮނު
އެޅުމާއެކު އޭރު އެހިސާބުން ކަރަންޓުވެސް ކަނޑައިގެން ދިޔައެވެ.