ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް  ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އެ މަޝްރޫޢު އާއި އެހެނިހެން މަޝްރޫޢޫތަކާއި ގުޅުމެއް ނެތް ކަމަށް ފާހަގަކުރައްވައި ވަޒީުރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދެން އޮތީ ރަސްމާލެ މަޝްރޫޢޫ ކުރިއަށް ގެންގޮސްގެން ކަމަށެވެ.

މިނިސްޓަރ ވަނީ ގިރާވަރުގެ 169 ހެކްޓަރުން 5000 ގޯތި ނެގޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށް ބިން ނެތް ކަމަށެވެ. މާލެ ސަރަހައްދުގެ ހުރިހާ ބިމެއް އެއްކޮށްގެން ވެސް އެޅޭނީ 12000 ވަރަކަށް ފްލެޓް ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

"ރަސްމާލެ މަޝްރޫ ހިންގަން މަޖުބޫރު. ރަސްމާލެ މަޝްރޫއާއި ނުލާ އިތުރަށް ބޯހިޔާވެހިކަން ހޯދޭނެ ގޮތެއް ނެތް." މުއްތަލިބް ވިދާޅުވި އެވެ.

މިހާރު ހިއްކަމުންދާ ތަންތަނަކީ ގޯތި ބަހާފައިވާ ތަންތަން ކަމަށް ވުމާއި އެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭނީ އެ ނޫން ގޮތެއް ހޯދައި މުސްތަގްބަލާއި މެދު ކަންތައްތަކެއް ޕްލޭންކޮށްގެން ކަމަށް މުއްތަލިބް ވިދާޅުވި އެވެ. 

.