އަތޮޅު
ކައުންސިލުތައް އުވާލުމާއެކު ރަށްރަށަށް ކުރިން ލިބެމުން ދިޔަ ވަރަށް ގިނަ ލުއިފަސޭހަތައް
އުވިގެން ގޮސްފައިވާ ކަމަށާއި، އެކަމަށް ޙައްލު ގެނައުމަށް ކުރިން ޤާނޫނުއަސާސީ
އޮތް ގޮތަށް ރުޖޫއަ ކުރަންޖެހޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން
ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު
އެހެން ވިދާޅުވީ ޤާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު
ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވާ ނުލައި، ކުރީން އޮތްގޮތަށް
އަނބުރައި ރުޖޫއަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އެ
ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، އަތޮޅު ކައުންސިލުތައް އުވާލުމާއެކު
ރަށްރަށަށް ކުރިން ލިބެމުން ދިޔަ ވަރަށް ގިނަ ލުއިފަސޭހަތައް އުވިގެން ގޮސްފައިވާ
ކަމަށާއި، އެކަން ޙައްލު ކުރުމަށްޓަކައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ކުރިން އޮތްގޮތަށް ޤާނޫނުއަސާސީ ރުޖޫއަ ކުރަންޖެހޭކަން
ޒިޔާދު ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑު މި ދައްކާ ވާހަކައަކީ އަތޮޅު ކައުންސިލުތައް އުވާލީމާ ކުރިން ރަށްރަށަށް ލިބެމުންދިޔަ ވަރަށް ގިނަ ފަސޭހަތަކެއް އުވިގެން ހިނގައްޖެއޭ، މިކަމަށް ޙައްލެއް އެބަ ބޭނުންވެއޭ، އެ ބޭނުމުގައި މި އިސްލާޙު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ހުށަހަޅާފައި މި އޮތީ، އެއީ ޤާނޫނުއަސާސީ ކުރީގައި އޮތް ގޮތަށް ރުޖޫއަކޮށްދޭށޭވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ރައްޔިތުންގެ
މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. މައްސަލައިގައި ބުނެފައި ވަނީ މި ވެރިކަމުގައި އަތޮޅު
ކައުންސިލްތައް އުވައިލުމުގެ ސަބަބުން، ޤާނޫނު އަސާސީ ތަސައްވުރުކުރި ނިޒާމަށް
އުނިކަން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން،
ޤާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި
ބޭނުންވާ އަތޮޅު ކައުންސިލްތައް އުވައި ނުލައި، ކުރީން އޮތްގޮތައް އަނބުރައި
ރުޖޫއަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ
މާއްދާ އިސްލާހުކުރުމަށް ކުޑޫ ވަނީ ހުށަހަޅުއްވާފަ އެވެ.