ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ، ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 26 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ސޯސަންގެ/ ރ. ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.