މީހުންގެ
ޒާތީ މައުލޫމާތު އެއްވެސް ހުދޫދެއް ނެތި ހާމަ ކުރެވިގެން ނުވާނެކަމަށް ކުރީގެ
އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖިނާހު ވިދާޅުވީ، ޒާތީ
މައުލޫމާތަކީ ރައްކާތެރިކޮށްދޭން ޖެހޭ އެއްޗެއް ކަމަށާއި، އެ މައުލޫމާތު ހާމަކުރާ
ޙާލަތްތަކުގައި ވެސް ވިސްނަންޖެހޭ ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

ޖިނާހު
ވިދާޅުވީ، ޒާތީ މައުލޫމާތު އެއްވެސް ހުދޫދެއް ނެތި ހާމަ ކުރެވިގެން ނުވާނެ ކަމަށެވެ.
އެހެންކަމުން މީހުންގެ ޒާތީ ކަންކަން ރައްކާތެރި ކުރުމާ ގުޅޭ ޤާނޫނީ
މިންގަނޑުތަކެއް ގެންގުޅެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުގީގުތަކާ ގުޅިގެން ހާމަކުރާ މައުލޫމާތުތަކުގައިވެސް ވަރަށް ކްރިޓިކަލް ނެޝަނަލް ލެވެލްގެ މުހިއްމު ކަމެއްކަމަށް ވެއްޖެއްޔާ ކޮންމެވެސް ވަރަކަށް ހާމަ ކޮށްލެވިދާނެ، އެހެންނަމަވެސް ޖުމުލަކޮށް ވިކްޓިމްސްގެ އެކަހަލަ މައުލޫމާތުތައް އާންމު ކުރުމަކީ އޭގެ ޒާތުގައިވެސް ކޮށްއުޅޭ ކަމެއް ނޫން، އެއީ ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮންނަ ކަންތައްތަކެއް
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު

ޖިނާހު
އެހެން ވިދާޅުވެފައި ވަނީ ދާޚިލީ ވުޒާރާއިން މިފަހުން އެފަދަ ގިނަ މައުލޫމާތުތަކެއް
އާންމު ކުރައްވާފައިވާތީ އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މޯލްޑިވްސް
ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެކޮމޮޑޭޝަން ބްލޮކް މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ
ދަރިވަރަކު އަމިއްލައަށް މަރުވުމުގެ ހާދިސާގައިވެސް ވަޒީރު ވަނީ ވިކްޓިމްގެ
ޗެޓްލޮގްތައް ލައިވްޓީވީގައި ހާމަ ކުރައްވާފައެވެ.