ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ބޮޑު ޑިސްކައުންޓާއެކު، ފަހުން ލިބުނު ބިލު ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވެފައިވާތީ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ. 

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 14 ނޮވެންބަރު 2025 ގަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އޭރު ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ޑިސްކައުންޓް ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ކަންބޮޑުވުންފާޅު ކުރި އާއްމު  ރައްޔިތުން އޭރު ބުނަމުންދިޔައީ  ޑިސްކައުންޓް ދީފި ކަމަށްވާނަމަ ދެން އަންނަ މަހެއް ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވާނެ ކަމަށެވެ. 

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

މާލެ ސަރަހައްދަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭއިރު، އަތޮޅުތެރެއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ.

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

ރައްޔިތުންގެ މިކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރަމަޟާން މަހުގެ ބިލުން ވަނީ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. އަދި އެއާއެކު ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާ ވެސް ދެއްކީ ސަރުކާރުންނެވެ.

ރޯދަމަހުގެ ބިލުތަކަށް ފަހު އަދި ސްޓެލްކޯއިން ބިލުތައް ނުފޮނުވި ނަމަވެސް ފެނަކައިން ފޮނުވި ބިލުތަކުގެ އަގުތައް ބޮޑުވެ މީހުން ވަނީ ނުރުހުންފާޅު ކުރަން ފަށާފަ އެވެ. 

އެގޮތުން ރ. އަނގޮޅިތީމު ރައްޔިތުން ވަނީ ކަރަންޓު ބިލު ބޮޑުވެފައިވާތީ އެރަށުގެ ފެނަކަ އޮފީސް ކުރި މައްޗަށް އެއްވެ އަޑު އުފުލާފަ އެވެ. މިއީ އޮޅުވާލުމެއް ކަމަށާއި، މިވަރުގެ ބިލެއް ނާރާނެ ކަމަށް އެމީހުން ބުނެ އެވެ. އަދި އަލުން ކަރަންޓު ބިލުތަކުގެ ރީޑީންގ ނެގުމަށް ވެސް އެމީހުން ގޮވާލާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނީ މިސަރުކާރުން ރައްޔިތުން ހަނާ ކުރަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ބިކަ ކުރަމުންދާ ކަމަށެވެ.  ކަރަންޓު ބިލަކީ ބޮޑު ސްކޭމެއް ކަމަށާއި، ރައްޔިތުންގެ ފައިސާއިން މަސް ކޭސް ބަހާފައި ކަރަންޓު ބިލުން ފޭރެނީ ކަމަށް އެމީހުން ބުނެ އެވެ. 

މީގެ އިތުރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރި މީހެއް ބުނީ، އެގޭބިސީގެ ކަރަންޓު ބިލަށް ދުވަހަކު ވެސް 3000 ރުފިޔާ ނާރާ ކަމަށާއި، އަބަދުވެސް ލިބެނީ 1000 ރުފިޔާއަށް ވުރެ ކުޑަ ބިލު ކަމަށެވެ. ނަމަވެސް ރަމަޟާން މަހު ދިން ޑިސްކައުންޓާއެކު ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވެ 3000ށް ވުރެ މަތީގެ ބިލެއް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.
ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

ސޯޝަލް މީޑިއާގައި ބިލްތަކުގެ ސްކްރީންޝޮޓްތައް ދައުރުވަމުންދާއިރު، ފެނަކައިން ބުނީ ބިލު ކުރަނީ ހޯދާ ޚިދުމަތްތަކަށް ކަމަށެވެ.

1446 ވަނަ ރަމަޟާން މަހުގެ ވެސް މިސަރުކާރުން ކަރަންޓު ބިލުން ޑިސްކައުންޓް ދީފައިވެފައިވެ އެވެ. އަދި ޖެހިގެން އައި މަހު ކަރަންޓު ބިލުތައް ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވި މައްސަލަ ފެންމެތިވި އެވެ. ކަރަންޓު ބިލާއި ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ސްޓެލްކޯއިންނާއި، އެމްޑަބްލިޔުއެސްސީ އަދި ފެނަކައިން މިކަން ދޮގު ކުރެ އެވެ.

ނުހޯދާ ޚިދުމަތަކަށް ބިލު ނުކުރާ ކަމަށާއި، އެގޮތަށް ތުހުމަތުތައް ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެއީ ހޫނު މޫސުމާ ދިމާކޮށް ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް އެ އިދާރާތަކުން ބުނެ އެވެ.