މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަން ކޮށްފި އެވެ. 

ބުދަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަގާމަށް، ދަފްތަރު ނަންބަރ ރސ 2861، ހުސެއިން ޝަފީގް އައްޔަން ކޮށްފައިވާ ކަމަށެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި އެމްޕީއެލްގެ ސީއީއޯގެ މަގާމަށް 28 ނޮވެންބަރު 2023 ގައި ފުރަތަމަ އައްޔަން ކުރީ ވަޖީހު އިބްރާހިމް އެވެ.  އޭނާ މަގާމުން ވަކި ކުރީ 02 ފެބްރުއަރީ 2025 ގަ އެވެ. 

އޭގެފަހުން އެމްޕީއެލްގެ ސީއީއޯގެ މަގާމަށް 5 ފެބްރުއަރީ 2025 ގައި މުހައްމަދު ރިޝްވާން އައްޔަން ކުރި އެވެ.

ނަމަވެސް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން އަށް ސަރުކާރުން އިސްތިއުފާ ދެއްވުމަށް އެންގެވުމުން 6 އޭޕްރީލް 2026 ގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ވަނައަށް އައްޔަން ކުރި އެމްޕީއެލްގެ ސީއީއޯއަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.