ރައްޔިތުންގެ
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު
އަހުމަދު ނާޒިމް ވަކިކޮށް، ބަދަލުގައި އެހެން މެމްބަރުން އައްޔަނު
ކުރެވިފައިވާކަން ރިޔާސަތުން އިއުލާނުކޮށްފިއެވެ.
ނާޒިމްގެ
ބަދަލުގައި މާލިއްޔަތު ކޮމިޓީ އަށް ޕީއެންސީގެ ފަރާތުން ހަމަޖައްސާފައި ވަނީ
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު އެވެ. އަދި ނާޒިމް ގެ ބަދަލުގައި 241 ކޮމިޓީ އަށް ޕީއެންސީގެ ފަރާތުން
ހަމަޖައްސާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
މީގެ
އިތުރުން، އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފުނަދޫ ދާއިރާގެ
މެމްބަރު މުޙައްމަދު މަމްދޫހުގެ ބަދަލުގައި ނާޒިމް ވަނީ ހިމަނުއްވާފައެވެ.
މި
ބަދަލުތައް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
ނާޒިމް މަޖިލީހުގެ
ނައިބްރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް ޕީއެންސީގެ ތެރެއިން ފަށާފައިވާކަމަށް
އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ރާއްޖެއެމްވީން ގުޅާލުމުން ޕީއެންސީގެ
ބައެއް މެމްބަރުން ވަނީ އެކަން ދޮގު ކުރައްވާފައެވެ.