މުޅި ރާއްޖޭގެ މޫސުން ގޯސް ކަމަށާއި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.
ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ހުކުރު ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކާށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. 

މީގެ އިތުރުން އެ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 8:00ން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ށް ދިއްފުއްޓަށް 26.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 22.5 މިލިމީޓަރުގެ ވާރޭ އެވެ. އަދި ރ. އަލިފުއްޓަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 11.4 މިލިމީޓަރުގެ ވާރޭ، ކ. ގާފަރަށް 7.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

 

ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.

ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން  މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.