ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ. 

ފުލުހުން
އޭރު ބުނެފައިވަނީ ޝިޔާމް ވަޒީފާއިން ވަކި ކޮށްފައި ވަނީ ކޯޑު އޮފް ކޮންޓަކްޓާއި
ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް
އަދަބު ދިނުމުގައި އަމަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ. އެގޮތުން އޭނާ
ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް
އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް
ބުނެދެވިފައި ނުވާކަމަށް ހައިކޯޓުން މިވަނީ ޙުކުމްކޮށްފައެވެ.

ހައިކޯޓުގައި
މި މައްސަލަ ނިންމެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހަސަން
ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންއެވެ.

ހައިކޯޓުގެ
ޙުކުމުގައި ވާ ގޮތުން ޝިޔާމް ވަޒީފާއިން ވަކި ކޮށްފައި ވަނީ ކޯޑު އޮފް
ކޮންޓަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކަށް އަދަބު ދިނުމުގައި އަމަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުންކަމަށް ބުނި
ނަމަވެސް، އެކަމަށް އެކަށީގެންވާ ހެއްކެއް ދެއްކިފައެއް ނުވެއެވެ.

އެހެންކަމުން
އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި،  ވަކިކުރި ދުވަހުން
ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ ބަދަލު ނަގައިދިނުމަށް ކޯޓުން
ވަނީ ޙުކުމްކޮށްފައެވެ.

ފުލުހުން
އޭނާ ސަސްޕެންޑު ކުރީ އަޕަރ ސައުތު ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި
ހުންނަވަނިކޮށެވެ. އޭނާއަކީ ފުލުހުންގެ މީޑިއާ އޮފިސަރުގެ މަގާމް
ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.