ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. 

ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރު 1:48 އެހައިކަންހާ އިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައި ވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރު 3:00 އެހައިކަންހާ އިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ ކަމަށެވެ. ނަމަވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.

ނިޔާވެފައި ވަނީ ބަޑިފަސްގަޑުގެ / ހދ. ކުޅުދުއްފުށި, ސުލައިމާން ޙުސައިން އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.