މަދަނީ އިލްތިޒާމުތަކާ ބެހޭ ނުވަތަ މަދަނީ ގެއްލުމާ (ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނު) އާ ގުޅޭ ހާއްސަ ފޮތެއް ނެރެފި އެވެ.
ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނު ފޮތަކީ މަދަނީ އިލްތިޒާމުތަކާ ބެހޭ ނުވަތަ މަދަނީ ގެއްލުމާ ބެހޭ ގޮތުން، ޚާއްޞަކޮށް އިހުމާލުވުމުގެ ޒިންމާއާ ބެހޭ ގޮތުން ލިޔެވިފައި އޮތް ފޮތެކެވެ. މި ފޮތާއި ގުޅޭ ގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ފޮތަކީ ގާނޫނުގެ މައިގަނޑު އެއް ދާއިރާ ކަމުގައިވާ، ޓޯޓްގެ ގާނޫނު ނުވަތަ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކަކީ، ރާއްޖޭގެ ކޯޓުތަކުން ވެސް ވަރަށް ގިނައިން ބަލަމުންދާ ބާވަތެއްގެ މައްސަލަ އާއި ގުޅޭ ފޮތެއް ކަމަށެވެ. އަދި މި މައްސަލަ އަކީ އާއްމުންނަށް ވަރަށް ބޮޑަށް ގުޅިފައި ހުރި، ގެއްލުމުގެ އެކިއެކި ބާވަތްތަކުގެ އިހުމާލާއި، ގެއްލުމާ ބެހޭ ގޮތުން ގެއްލުމުގެ ބަދަލާއި ގުޅޭ މައުލޫމާތުތައް ހިމެނޭނެ ފޮތެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ މި ދާއިރާއަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ދާއިރާއެއް ކަމަށާއި ގިނަ ދަރިވަރުންތަކަކަށް އެކަމާއި ގުޅޭ ފޮތެއް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތަކުގެ މައްޗަށް ގިނަ ފަހަރަށް ޓޯޓް ގާނޫނު ބިނާވެފައި އޮންނަ ކަމަށެވެ. އަދި ކިޔަވާދަރިވަރުންނަށާއި، ޕްރެކްޓިސްކުރާ ދަރިވަރުންނަށް، އެއް ފޮތަކުން ގަޒިޔާތަކުން ނިންމާފައި ހުރި ނިންމުންތަކާއި ކަންކަން ކިޔަން ލިބެންނެތުމުގެ ސަބަބުން އެ ޝަކުވާ ކުރާތީ އާއި، ޔުނިވަރސިޓީތަކުގެ ޓެސްޓްތަކަށް ތައްޔާރުވުމުގެ ގޮތުން މި ބާވަތުގެ ފޮތަކަށް ޑިމާންޑް އޮތްކަން ފެނިވަޑައިގެން ފޮތް ތައްޔާރުކުރައްވާފައިވާ ކަމަށެވެ.
މިއީ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުދުވަހުގެ މަސައްކަތް ދެން. ގާތްގަނޑަކަށް ދެހާސް ފަނަރަ، ސޯޅަ ހިސާބުން ފެށިގެން ލިޔަމުން ލިޔަމުން އައިސް ދެން މިހާރު ނިންމައިލެވިފައި މި އޮތީ. ފޮތް ލިބެން ހުންނާނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން.ގާނޫނީ ވަކީލު ހުސްނުއްސުއޫދު
ސުއޫދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ ޓޯޓްގެ ގާނޫނު ފޮތް އޮންލައިންކޮށް ލިބޭނެ ގޮތް ވެސް ހައްދަވާނެ ކަމަށެވެ. ފޮތް ވިއްކަނީ 450 ރުފިޔާ އަށެވެ. ފޮތް ލިބެން ހުންނާނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނެވެ.