ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް)
އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ފަރާތުން މި ބިލު ހުށަހެޅުއްވި ސަބަބަކީ
ތަރޑްޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ
އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ
އަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމެވެ. މި
ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
(ކުޑޫ) އެވެ.

މި ބިލު ހުށަހަޅަނީ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމަށް ކަމަށް ވެސް ބިލުގައި ވެ އެވެ. 

މިއީ ރައްޔިތުންގެ ފުރާނައާ ގުޅުން ހުރި އަދި ރޯޑް
ސޭފްޓީއާ ގުޅުންހުރި ބިލެއް ނަމަވެސް، ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު
ބަލައިގަތުމަށް ނުފެންނަކަމަށް 46 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. ބިލު
ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 10 މެމްބަރުންނެވެ.

މީގެ އިތުރުން، އާންމު ރައްޔިތު މީހާގެ ފުރާނަ
ރައްކާތެރި ކުރަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެއްގެ
މަސައްކަތްވެސް ޖުޑީޝިއަރީ ކޮމިޓީގައި ތާށިވެފައި އޮންނަތާ 9 މަސް ދުވަސް ވަނީ ވެފައެވެ.
އެހެންކަމުން އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް
ފާޑުވިދާޅުވެ ނުރުހުން ފާޅުކޮށްފައެވެ.