ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ވެސް އިސްތިއުފާ ދެއްވައިފި އެވެ.
އަންގާރަ ދުވަހު ހައިދަރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ހައިދަރުގެ އިތުރުން އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމްް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. މަރިޔަމް މާރިޔާ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އިތުރު ތަފްސީލް އަންނަނީ....