މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ. މަރިޔަމް މާރިޔާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވި އިރު އިސްތިއުފާދެއްވި ސަބަބު ސާފެއް ނުވެ އެވެ. މާރިޔާ ގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭގެ އިތުރުން އަންގާރަ ދުވަހު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އިތުރު ތަފްސީލް އަންނަނީ....