ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވެސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިނިސްޓަރު އަސްވާޑު އިސްތިއުފާދެއްވި އިރު، އިސްތިއުފާދެއްވި ސަބަބު ސާފެއް ނުވެ އެވެ. އަސްވާޑު އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އިތުރު ތަފްސީލް އަންނަނީ....