ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ އެވެ.

ހޯމަ ދުވަހު ނިޔާވީ، ށ. މިލަންދޫއަށް އުފަން 23 އަހަރުގެ އަހުމަދު ނަބުހާން އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލު ކުރި ކަމަށާއި، އިތުރަށް ހާލު ސިރިއަސް ވުމުން އާދިއްތަ ދުވަހު މާލެއަށް ގެނައީ ކަމަށެވެ.

ނަބުހާން އައިޖީއެމްއެޗްއަށް ގެނައި ގޮތަށް ހާލު ސިރިއަސްވުމުން ފުރަތަމަ ވެސް ފަރުވާދޭން ފަށާފައި ވަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ނިޔާވީ ފަރުވާ ދެމުންދަނިކޮށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިތުރު ތަފްސީލު އަންނަނީ.