ހޮނިހިރު ދުވަހުން ފެށިގެން ގއ. ކޫއްޑޫ އިން މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށް މަސްވެރިން ބުނެފި އެވެ.
މަސް ވެރިން ބުނީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ކޫއްޑޫ އިން މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށެވެ. އަދި ތެޔޮ ނުލިބިގެން މަހަށް ނުފުރޭ ކަމަށާއި، ހުވަދު އަތޮޅުގައި މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއް މަހަށް ނުފުރި ބަނދަރުގައި ބާއްވާފައިވާ ކަމަށެވެ.
މަސްވެރިން ބުނީ މިފްކޯއިން އެސްޓީއޯ އަށް ފައިސާ ނުދޭ ކަމަށާއި، އެހެންވެގެން ތެޔޮ އެޅުން ހުއްޓާލާފައިވާ ކަމަށެވެ. މަސްވެރިން ބުނީ ބަރާބަރަށް ތެލަށް ފައިސާ ކަނޑާ ކަމަށެވެ.
މިކަމާއި ގުޅިގެން ކޫއްޑޫ އިން ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އިސް މީހަކު ބުނީ އެސްޓީއޯއިން ފޯރުކޮށްދޭ ޑީސަލް ހުސްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ލޯޑް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، ހޯމަ ދުވަހު އެ މައްސަލަ ހައްލުވެ މަސްވެރިންނަށް ޑީސަލް ލިބޭނެ ކަމަށެވެ.