ދައުލަތުގެ މާލިއްޔަތު ހުސްކޮށްގެން ކެމްޕޭނު
ކުރުމުންވެސް ފެނިގެން ދިޔައީ މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ މިންވަރުކަމަށް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް
ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ބޮންޑާ ވިދާޅުވީ، އިންތިޚާބު ނިމުމަށްފަހު ދައުލަތުން ޚަރަދު
ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި، އެ ފިޔަވަޅުތައް އަޅަން
ފެށީވެސް އިތުރަށް ސަރުކާރަށް ތާއީދެއް ނެތްކަން ހާމަވުމުން ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ހުސްކޮށްގެން
ބައެއް ދާއިރާތަކުގެ ގޮނޑި ގަނެގެން އެ ދާއިރާތަކުގެ ގޮނޑި ޕީއެންސީ އަށް ކާމިޔާބު
ކުރެވިދާނެ ކަމަށް ސަރުކާރަށް ހީވި ނަމަވެސް، ކަންވީ އެހެނެއް ނޫންކަންވެސް ބޮންޑާ
ފާހަގަ ކުރެއްވި އެވެ.

ވޯޓު ގަނެވޭކަށް ނެތް، ފައިސާ ދިނަސް ވޯޓު ދެނީކީ ނޫން، ކުންފުނިތައް ހިސޯރުކޮށްގެން އުޅުނަސް މޮޅުވަނީކީ ނޫން، ބޮޑުތަނުން ނޫނެކޭ އެ ބުނީ، ބަރުލަމާނީއަށް ބުނި ވަރަށްވުރެވެސް ބޮޑަށް އެ އޮތީ ނޫނެކޭ ބުނެފައި. ދެން ކުންފުނިތަކުން އެގޮތަށް (ޚަރަދު ކުޑަކުރަން) ބުނާނެތާ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ، ދައުލަތުގެ އެތައް ކުންފުންޏެއް
ދަރަނިވެރި ވެފައިވާ ކަމަށާއި، ބައެއް ކުންފުނިތައް ބަނގުރޫޓުވެސް ވެފައިވާ
ކަމަށެވެ. އަދި ވިދާޅުވީ، މިފަހަރު ރައްޔިތުން ނޫނެކޭ ބުނި ގޮތަށް މުޅި
ސަރުކާރަށްވެސް ދެން ނޫނެކޭ ބުނާނެ ކަމަށެވެ.

ބޮންޑާ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން މިހާރު
އިތުބާރު ނުކުރާ ކަމަށެވެ. ހަމައެއާއެކު، ރައީސް ޑރ މުޙައްމަދު މުއިއްޒަށް ދެން ދިވެހި ރައްޔިތުން
ތާއީދެއް ނުކުރާނެކަމަށްވެސް ބޮންޑާ ވިދާޅުވި އެވެ.