މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ނަތީޖާއެއް ގޮތުން 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.
އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެޗްޕީއޭއިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދުންފަތާ ދެކޮޅަށް މިދިޔަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ރިކޯޑުތައް ދައްކާ ގޮތުން ފާއިތުވި އަހަރު 375 މީހުން ދުންފަތު އިސްތިއުމާލު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. 

ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ހިރާސްތައް ރިސްކް ފެކްޓަރ އެންމެ ބޮޑަށް ފާހަގަކޮށް ލެވެނީ ދުންފަތު އިސްތިއުމާލު ކުރުން. އެހެންކަމުން ދުންފަތް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާ ފަންނީ މިންގަނޑުތައް އެކުލަވާލައި އާއްމު ކުރުމާއި، ގަވާއިދުތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ އިތުރަށް ގަވާއިދުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމްތައް ކަނޑައެޅުން ހިމެނޭ. އެނގިވަޑައިގަންނަވާނެ ފަދައިން ފާއިތުވި އަހަރަކީ ޓޮބާކޯއިން ފާހަގަކޮށްލެވޭ އަހަރެއް.
އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު 
އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.
އެޗްޕީއޭއިން ދުންފަތާ ދެކޮޅަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ޕްރެޒެންޝަންގެ ސްލައިޑެއް.

މީގެއިތުރުން، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފަ އެވެ. އަދި ހުރިހާ އަތޮޅެއްގައި ސްޒޭޝަން ޓްރޭނިންގ ފުރިހަމަ ކޮށްފައިވާއިރު، 494 މީހުން ސިއްހީ ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން  ބުންޏެވެ. 

އެޗްޕީއޭއިން ބުނީ، ނޭޝަނަލް ކުއިޓްލައިން 1676 ގާއިމް ކޮށްފައިވާ ކަމަށާއި، 770 ކޯލަށް އެޓެންޑްވި އެހީތެރިކަން ފޯރުކޮށްދިފައިވާ ކަމަށެވެ.