ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. 

ފުލުހުން ބުނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 އޭޕްރީލް 07 ވަނަ ދުވަހުގެ މެންދުރު ފަހު 14:16 އެހާ ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ފަހަތުގައި އިން 19 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.