ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަސްބާހު އަލީ ނަސީރު މަޤާމުން ވަކިކޮށްފި އެވެ.

އޭނާ މަޤާމުން ވަކި ކުރީ ހޯމަ ދުވަހު އެވެ. އޭނާ ވަކިކުރީ އެޗްޑީސީގެ ބޯޑުން އެގޮތަށް ނިންމުމާއި ގުޅިގެންނެވެ.

މީގެ ކުރިން މި ވެރިކަމުގައި  އަސްބާހު ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ޑީއެމްޑީގެ މަގާމު އަދާކުރައްވާފަ އެވެ. އޭނާ އެޗްޑީސީއަށް ބަދަލުކުރީ އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމުން،  އެ މަގާމަށް އާރުޑީސީގައި ހުންނެވި އަހުމަދު ޒުހައިރު ބަދަލުކޮށްފައި ވާތީ އެވެެ.

ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ކުރިމަތިވި ބައްޔަށް ފަހު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ވަކިކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ފެނަކަ ހިމެނޭހެން ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ވަކިކޮށްފަ އެވެ.