އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން  (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދު ވަކިކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ ޑިސެމްބަރު 2024، ގަ އެވެ. އޭނާގެ އެމްޑީ ކަމުގައި ގިނަ އަދަދެއްގެ ވަޒީފާތައް ވަނީ ދީފަ އެވެ. ޚާއްސަކޮށް ނިމިދިޔަ އިންތިޚާބުތަކާއި ދިމާކޮށް އެތައް ވަޒީފާތަކެއް ފެނަކައިން ވަނީ ދީފަ އެވެ. ނަޖާހު ވަކިކުރިކަން އޭނާ އަށް ވަނީ އަންގާފަ އެވެ. އަދި ޕީސީބީ އިން ވަނީ އެކަން އިއުލާންވެސް ކޮށްފަ އެވެ.

ނަޖާހު ވަކި ކުރި ސަބަބެއް ހާމަކޮށްފައި ނުވާ އިރު ދާދިފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ފެނަކައިގެ ފީއަލީގެ ބްރާންޗާއި މެދު ދޮގު މައުލޫމާތު ހާމަކުރެވުނީ އެމްޑީ ނުބައި މައުލޫމާތެއް ދެއްވުމުން ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވުމަކީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބެވެ. ފެނަކަ އަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ވަނީ ކުރެވިފަ އެވެ.