ސަރުކާރުން
މަޤާމެއް ނުދެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް މާފަންނު މެދު
ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.
އަސްމާ
އެހެން ވިދާޅުވެފައި ވަނީ އޭނާއާއި ޒުވާނަކާ ދެމެދު ދެކެވުނު ވާހަކައެއްގެ
ތެރެއިންނެވެ. އެގޮތުން އެ ވާހަކައިގެ ރެކޯޑިންގ އެއް މީސްމީޑިއާގައި ދަނީ
ދައުރުވަމުންނެވެ.
އެ
އޯޑިއޯގައި އަސްމާ ވަނީ ސަރުކާރަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި
މަތީ މަޤާމެއްގެ ވަޒީފާއެއް ހަމަ ނު ޖެހެނީސް ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު
ނުދިނުމަށް ވެސް އެ ޒުވާނާއަށް ތަކުރާރުކޮށް ދަންނަވާފައިވެއެވެ.
ޕްރޮމޯޝަންއެއް ލިބޭތޯ އުޅޭ، ޕްރޮމޯޝަން ނުލިބެނީސް އެއް އިނގިލިވެސް ހިއްލާނުލާތި، މީނަ ޕްރޮމޯޝަން ނުދެނީސް އެއް ފަހަރުވެސް ނުކުމެގެން ނުވާނެ، އެސްޕީޑީއެއްވަރު މަޤާމެއް ނުދެނީސް ނުފަށާތި މަސައްކަތް، އެމީހުން ބުނާއިރަށްވެސް ބުނޭ ތިމަންނަގެ ސުޕަވައިޒަރުކަން ދޭށޭމާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު
މީގެ
އިތުރުން، މި ސަރުކާރަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނޯންނާނެ
ކަމަށާއި، މަޖިލީހުގެ ގޮނޑިވެސް ގެއްލުވާނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ
ގޮނޑި ގެއްލުވާލައިފިނަމަ ދެން އެ ގޮނޑި ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ
ސަޕޯޓަރުންގެ ވެސް ތާއީދާ އެކު ކަމަށް ވިދާޅުވެއެވެ.
ހަމައެއާއެކު،
4 އޭޕްރީލްގެ އިންތިޚާބުތަކުގައި ކަންކަން ވާ ގޮތަކުން އޭނާގެ ގޮތް އެނގޭނެކަމަށް
އޭނާ ވިދާޅުވެއެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް ބާރުއަޅާ
މޭރުމުން ވަނީ ވާހަކަ ދައްކަވާފައެވެ.
މި
އޯޑިއޯގައި މެމްބަރު އަސްމާ ވަނީ އޭނާ މީގެ ކުރިން ވެސް ބައެއް މީހުންނަށް އެހީތެރިވުމަށް
ވަޒީފާގެ ޕްރޮމޯޝަންތައް ހަމަޖައްސަވައި ދެއްވާފައި ވާނެކަމަށް ވިދާޅުވެފައެވެ.
އަސްމާއާއި
ރައީސް ޑރ. މުއިއްޒާ ދެމެދުނު ތަނަވަސް ކަންއުފެދިފައިވަނީ ރައީސް މުއިއްޒު
އަންގައިގެން މަޖިލީހުގެ އިޖުތިމާއީ
ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން
ވަކި ކުރުމާ ގުޅިގެންނެވެ. އެގޮތުން އޭރު މެމްބަރު އަސްމާ ވަކިކޮށްފައި ވަނީ މާފަންނުގެ
ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ކުރިން އެމަނިކުފާނާ
ސުވާލުކުރަން ބޭނުންވާ މީހުން ނަންނޯޓްކުރުމުގެ މަސައްކަތް އަސްމާ ކުރެއްވި
ހިސާބުންނެވެ.