އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ޚަރަދެއް ހަމަޖައްސައި ދެނީ ސައުދީ ސަރުކާރުންނެވެ.
މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން އުމްރާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވި އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖު އަދާކުރެއްވުމަށް ވަޑައިގަންނަވާފަ އެވެ.