ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަ ދުވަހު ސައުދީ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ  ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢުމްރާ ކުރުމަށް ކުރާއްވާ މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަންކަމަކީ ވެސް ނިމިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައިވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.

2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ޢުމްރާ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންނެވި އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖު އަދާކުރެއްވުމަށް ވަޑައިގަންނަވާފަ އެވެ.