ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ ކަމަށް ކުރީގެ ރައީސް ބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ   ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމުގެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އަދި ޑަބްލިއުޑީސީގެ އިންތިޚާބު ކާމިޔާބު ކުރި އިންތިޚާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއުޑީސީގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ކުރީގެ ރައީސް އި ސޯލިހު މަރުޙަބާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި 3 އިންތިޚާބުން ވެސް އެމްޑީޕީ އިން ވަނީ ރަނގަޅު ނަތީޖާ އެއް ހާސިލްކޮށްފަ އެވެ. ސަރުކާރުން ކުރިމަތިކުރުވި އެތައް ފިއްތުންތަކަކާއި އެކު ރަނގަޅު ނަތީޖާ އެއް އެމްޑީޕީ އިން ހާސިލްކުރުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކަމުގެ އުފާ ދަނީ ފާޅުކުރަމުންނެވެ. އަދި މިއީ ސަރުކާރާއި މެދު އާއްމުން މާޔޫސްވެފައިވާ މިންވަރު ދައްކުވާދޭ ކަމެއް ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.