ހުޅުމާލޭގެ ފޭސް 3 ގައި ކުރިން ބޭނުންކުރި އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ހޮނިހިރު ދުވަހު އެމްއެންޑީއެފުން ބުނީ، ހުޅުމާލޭގެ ފޭސް 3 ގައި ކުރިން ބޭނުންކުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 17:12 ހާއިރު ކަމަށާއި، ރޯވި އަލިފާން ނިއްވާލެވުނީ 17:38 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކްގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފަ އެވެ.
އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީހުން ނޫޅޭ ތަނެއްގައި ކުއްލިއަކަށް އަލިފާން ރޯވާން މެދުވެރި ސަބަބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވެ އެވެ.