މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓުން ކެމްޕެއިން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޕީއެންސީ ޓިކެޓުގައި ޑަބްލިއުޑީސީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތުން ފޮނުވި މެސެޖު
ޕީއެންސީ ޓިކެޓުގައި ޑަބްލިއުޑީސީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތުން ފޮނުވި މެސެޖު

މިއަދު ހެނދުނު ޕީއެންސީ ޓިކެޓުގައި ޑަބްލިއުޑީސީ ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތުން ކެމްޕެއިންކޮށް, މެސެޖެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

ގަޑިން ހެނދުނު 7 ވެސް ޖެހިފަހުން އާންމު ރައްޔިތުންނަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޑަބްލިއުޑީސީގެ ރައީސް ކެންޑިޑޭޓު, ފޮނުވި މެސެޖުގައި ވަނީ "މާދަމާ" އޮންނަ ކުޅުދުއްފުށި ސިޓީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ޑަބްލިއުޑީސީގެ ރައީސް އަށް ވޯޓު ދިނުމަށް އިލްތިމާސްކޮށްފައެވެ.

ޕީއެންސީ ޓިކެޓުގައި ޑަބްލިއުޑީސީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތުން ފޮނުވި މެސެޖު

ޕީއެންސީ ޓިކެޓުގައި ޑަބްލިއުޑީސީ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތުން ފޮނުވި މެސެޖު

މި މައްސަލަ އާއި ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ބަހެއް އަދި ލިބިފައިނުވާއިރު, އާންމުން ދަނީ މިއީ ބަލައި ނުގަނެވޭނެ ކަމެއްކަމަށް ބުނެ, އަޑު އުފުލަމުންނެވެ.