އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާކަން ހާމަވެއްޖެ އެވެ. 

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް ވަނީ ވެފައި.
އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް ވަނީ ވެފައި.

ރާއްޖެއެމްވީއަށް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނީ، މުސާރައިން ޕެންޝަނަށް ފައިސާ ކަނޑާފައިވާ ކަމަށާއި، ނަމަވެސް މިއަހަރު ފެށުނު ފަހުން މިހާތަނަށް އެއްވެސް މަހެއްގައި ޕެންޝަން ފައިސާ ޖަމާ ކޮށްފައިނުވާ ކަމަށެވެ.

އެކަން ސަމާލު ކަމަށް އައުމާއެކު އެޗްއާރްގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައިވާ ކަމަށާއި، ނަމަވެސް ފާއިތުވި 3 މަހު ވެސް މިމައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.  އަދި އިދާރީ މައްސަލައަކުން މިވަގުތު ފައިސާ ޖަމާނުވާ ކަމަށް އެންގި ނަމަވެސް ޖަމާވާނެ އިރެއް ނުބުނާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާ ނުކުރާ މައްސަލަ ބޮޑުވެފައިވާއިރު، މިފަހުން ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުން ވެސް ޕެންޝަނަށް ފައިސާ ކެނޑުމަށްފަހު ޖަމާ ނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ވެމްކޯ، އާރްޑީސީ ފަދަ ކުންފުނިތައް ހިމެނެ އެވެ. 

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް ވަނީ ވެފައި.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު ޖަމާނުކުރާތާ 3 މަސް ވަނީ ވެފައި.

މީގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އަދި މިސަރުކާރުން ބޮޑު ކުރި މުސާރައާއެކު އިނާއަތްތައް ކަނޑާލާފައިވާތީ ދަށް މަގާމުތަކުގައި ބުރަ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ބުނެ ބައެއް އިދާރާތަކުން ރައީސް އޮފީހަށް ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަން ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް މި ޕެޓިޝަންތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ދީފައިނުވެ އެވެ.