އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެެއްޖެ އެވެ. 

ފުލުހުން ބުނީ  އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި މައްސަލައެއް 2026 އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 09:59 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

މި ހާދިސާގައި މަރުވެފައި ވަނީ  ޖަރުމަނު ވިލާތުގެ ފިރިހެނެއް ކަމަށް ބުނެފައިވާއިރު ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

ރާއްޖޭގައި މިފަދަ ހާދިސާތައް މަދުން ނަމަވެސް ދަނީ ރިޕޯޓު ކުރެވެމުންނެވެ.