ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް
ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ސަލީމް ވިދާޅުވީ، ޤާނޫނުއަސާސީގެ މައިގަނޑު ބައިތަކަށް ބަދަލުގެނެސް
މި މިންވަރަށް ޤާނޫނުއަސާސީއާ ކުޅޭނެކަން ތަސައްވުރު ވެސް ކުރެވިފައިނުވާ ކަމަށާއި،
އެހެން ނޫންނަމަ ޤާނޫނުއަސާސީ އެކުލަވާލިއިރު މިހާރަށްވުރެ ބޮޑު ތަޅެއް އަޅުވާފައި
އޮންނާނެކަމަށެވެ.
މިކަހަލަ ދުވަހެއް، ޤާނޫނުއަސާސީގައި ހުރި މައިގަނޑު ބައިތަކާ މިހެން ކުޅެ ފަހަރަކު ބައެއް ފަހަރަކު ބައެއް މިހެން ކުޅެފާނެކަމަށް މިއީ އަޅުގަނޑުމެންގެ ހިޔާލަށް ވެސް އައި ކަމެއް ނޫން، އެހެންނަމަ މިއަށްވުރެ ބޮޑު ތަޅެއް އެ ދުވަހު އެޅުވީސް ކަންނޭނގެ. އެހާ ފަސޭހައިން މައިގަނޑު މިކަހަލަ ކަންކަމަށް ބަދަލުތައް ނުގެނެވޭ ގޮތަށްމަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަންވެސް
ކުރައްވާފައިވާ ސަލީމް ވިދާޅުވީ، މިހާތަނަށް ވެސް ފެނިފައިވަނީ ވަކި މަންފާތަކެއް ޙާޞިލު
ކުރުމަށްޓަކައި އެކި ފަހަރުމަތިން ޤާނޫނުއަސާސީއަށް އެކި ކަހަލަ ބަދަލުތައް
ގެނެސްފައިވާ މަންޒަރު ކަމަށެވެ. އެގޮތުން އެކި ވެރިކަންތަކުގައި އެ މަންޒަރު
ފެނިފައިވާ ކަމަށާއި، މިއަދުވެސް އެކަން ތަކުރާރުވަމުންދާކަމަށް ސަލީމް
ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު
އެއް ދުވަހެއްގައި ބޭއްވުމާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކާއި ދެކޮޅަށް
ވާހަކަ ދައްކާ ފަރާތްތަކުން ވެސް އެކި ކަހަލަ ސަބަބުތައް ދައްކަމުންދާކަން ފާހަގަ
ކުރައްވައި ސަލީމް ވިދާޅުވީ، ދިވެހި ރައްޔިތުން ވޯޓުލާއިރު މިނިވަން ސިކުނޑިއަކުން
މިކަންކަމާމެދު ވިސްނައި ފިކުރުކޮށްގެން ވޯޓުލާނެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
ސަލީމް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީ އެކުލަވާލިއިރު
ބަލައިގެންފައިވާ ހަމައަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ވަކި ދެ
މަރުޙަލާއެއްގެ ގޮތުގައި އޮތުން ކަމަށެވެ. އަދި އޭނާގެ ވެސް ވިސްނުމަކީ އެއީކަން
ފާހަގަ ކުރެއްވިއެވެ.