އަޅުވެތިކަމަށް ދާން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި،
ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތުވެސް ދީގެން ނުވާނެކަމަށް ކުރީގެ
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ޝިދާތާ ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ހަރުދަނާ ޑިމޮކްރަޓިކް
ވެއްޓެއް ފޯރުކޮށްދިނުމަކީ މިއަދު ތިބި ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި، އެކަން
ކުރުމަށްޓަކައި ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަދި އެކަން ނުކުރެވުމަކީ ވަރަށް ބޮޑު ނާކާމިޔާބީއަކަށް ވާނެކަން ޝިދާތާ ފާހަގަ
ކުރެއްވިއެވެ.
ޝިދާތާ ވިދާޅުވީ، އަޅުވެތިކަމަށް ދާން ރައްޔިތުން
ބޭނުން ނުވާނެ ކަމަށާއި، ރައްޔިތުންގެ އަތުގައި އޮތް ބާރު ނިގުޅައިގަތުމުގެ
ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ، މިފަދަ
އިންތިޚާބުތަކުގައި ރައްޔިތުން ވިސްނަންވީ ޤައުމީ ވިސްނުމެއްގައި ކަމަށާއި، ސިޔާސީ
ފިކުރު އެއްކިބާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރެފަރެންޑަމް ވޯޓަކީ އެގޮތަށް
ވިސްނުމަށްފަހު ގޮތެއް ނިންމަންޖެހޭ ވޯޓެއް ކަމަށެވެ.
މިއަދު އަޅުގަނޑުމެން މި އުފައްދާ ސުވާލަކީ އަޅުގަނޑުމެން ބޭނުންވަނީ އަޅުވެތިވާންތޯ ނުވަތަ ޑިމޮކްރަޓިކް ވެއްޓެއް އުފައްދަންތޯ، އެހެންވީމާ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ވަރަށް ސާފުހެން މިފަދަ ޙާލަތެއްގައި ރައްޔިތުންގެ ބާރު ނިގުޅައިގަތުމުގެ ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޝިދާތާ ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ
ރެފަރެންޑަމް ވޯޓުގައި ހުރިހާ ރައްޔިތުންވެސް މި ސަރުކާރަށް ނޫނެކޭ ބުނުމަށް
އެދިވަޑައިގެންފައެވެ. އަދި އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް
އެތައް ތަކުލީފުތަކެއް ކުރިމަތިވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ،