ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ
ވިސްނުމެއްކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި 10 އަހަރުގެ މުއްދަތަކަށް ބަންޑާރަ
ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރު އެކްސްގައި ހިއްސާކުރެއްވި
ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި
ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު
ކުރުވުމެއް ކަމަށެވެ.
މީގެ އިތުރުން، އެއީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަމަށް ވެސް
އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވަނީ ގިނަގިނައިން ވެރިން ރައްޔިތުންގެ
ގާތަށް އަންނަންޖެހޭ ގޮތަށް ބޭއްވުމަށް ގޮވާލައްވާފައެވެ.
ޑރ މުނައްވަރަކީ މި ހިނގަމުންދާ ވެރިކަމުގައި
ޗާގޯސް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އަދި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއްގެ މައްޗަށް ވެއްޓިފައި
އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އުފެއްދެވި ކޮމިޝަންގެ ރައީސްކަން ވެސް
ހަވާލު ކުރެއްވީ ޑރ މުނައްވަރާއެވެ.