ރާއްޖޭގެ ސުލްހަމަސަލަސްކަން ގެއްލި ހަމަނުޖެހުން
އުފެދިފައި ހުރީ އިންތިޚާބުތައް ބާއްވައިގެން ނޫން ކަމަށާއި، އެކަން ހިނގާފައި ހުރީ
ރައްޔިތުންގެ ޙައްޤުތައް ގެއްލުވާލުމުންކަމަށް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ކެޕްޓަން
އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ފަޔާޒް ވިދާޅުވީ، ރެފަރެންޑަމްއަށް އާންމުން ހޭލުންތެރި ކުރުވުމަކީ
އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތެއްގައި
ކޮމިޝަނުން އެ ޒިންމާ އަދާކުރަމުން ނުދާ ކަމަށެވެ. އެގޮތުން ހަމައެކަނި ސޯޝަލް
މީޑިއާގެ ބައެއް ވަސީލަތްތަކުގައި މައުލޫމާތުކޮޅެއް ހިއްސާކޮށްލުމުން ނުފުދޭ
ކަމަށާއި، މި އިންތިޚާބުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކުގެ ދެކޮޅުވެސް
އާންމުންނަށް ބުނެދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސްއިން އެބަ ބުނޭ ތިމަންނާމެން ހޭލުންތެރި އެބަ ކުރުވަމޭ، ދިވެހިރާއްޖޭގެ ކިތައް މީހުންގެތޯ ޓިކްޓޮކްގައި އެކައުންޓު ހުރީ، ނޫނީ ބަލަނީ، އެކަމުންވެސް އެބަ އެނގޭ މިބޭފުޅުން މި ދައްކަނީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަންއަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)
ފަޔާޒް ވިދާޅުވީ، ރައީސްގެ ޤަރާރުގައި މި ޤައުމަށް
ސަލާމަތާއި އަމާންކަން ގެނައުމުގެ ވާހަކަ ހިމަނުއްވާފައިވީނަމަވެސް، އެއީވެސް
ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން ޤައުމުގައި އަމާންކަމާއި ހަމަޖެހުން
ޤާއިމު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުންތޯ ފަޔާޒް ވަނީ
ސުވާލު ކުރައްވާފައެވެ.
ފަޔާޒް ވިދާޅުވި ގޮތުގައި އެއީ އިލްމީ ބުރަދަނެއް އޮވެގެން
ސަރުކާރުން ދައްކާ ވާހަކައެއް ނޫނެވެ. އަދި ވިދާޅުވީ، ސަރުކާރުން ކަންކަން
އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ.
ހަމަނުޖެހުން އުފެދިފައި ހުރީ އަޅުގަނޑުމެންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޤާނޫނުގައިވާގޮތަށް ފުރުސަތު ނުދީގެން، އެއްވެސް އުޅުމުގެ ޤާނޫނުގައި ބުނާގޮތަށް ފުރުސަތު ނުދީގެން، ނުވަތަ އެފަދަ ކަންކަމާ ގުޅިގެން، އެހެންކަމުން ސުލްހަމަސަލަސް ކަމޭ ކިޔައިގެން އެ އުޅެނީ ރައްޔިތުންނަށް އޮޅުވާލުމަށްއަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)
ފަޔާޒް ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ
ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަށް އެދިވަޑައިގެންފައެވެ.