އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުالله ޚަލީލް އާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއާ ބައްދަލު ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން، ހޯމަ ދުވަހު ސާޖިއޯ ވަނީ ރާއްޖޭގެ އެންމެ މުހިންމު ދެ މިނިސްޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ. 

އެގޮތުން ފޮރިން މިނިސްޓަރު ޚަލީލް އާއި ސާޖިއޯ ބައްދަލު ކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގަ އެވެ. އަދި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓްރީގަ އެވެ.

ބައްދަލުވުން ތަކަށް ފަހު ސާޖިއޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ބައިލެޓްރަލް ގުޅުން އަދި ސަރަހަައްދީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިއަހަރަކީ ރާއްޖެ އާއި އެމެރިކާގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވައި ސާޖިއޯ ވިދާޅުވީ، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް ތަކެއް ހޯދުން ވަރަަށް މުހިންމު ކަމަަށެވެ.