އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސާޖިއޯ ގޯ ދިވެހި ރާއްޖެއަށް ވަޑައިގެން އުޅުއްވާއިރު، ދިވެހި ސަރުކާރުން އެ ދަތުރުގެ މައުލޫމާތު ވަރަށް ބޮޑަށް ސިއްރު ކޮށްގެން އުޅޭކަން ހާމަ ވެއްޖެ އެވެ. 

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

ސާޖިއޯ ގޯ އަކީ އެމެރިކާގެ އިން ދެކުނު އޭޝިއާ އަދި މެދު ތެރޭގެ އޭޝިއާ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބެވެ. ސަރަހައްދީ ޤައުމު ތަކަށް ކުރައްވާ ދަތުރުފުޅުގައި ސާޖިއޯ ގޯ ވަޑަައިގަންނަވަން އޮތީ ސްރީ ލަންކާ އާއި، ރާއްޖެ އަށެވެ. ލަންކާ އަށް ފަހު މިހާރު ސާޖިއޯ ގޯ ހުންނެވީ ރާއްޖޭގަ އެވެ. ނަމަވެސް، މި ދަތުރުގެ މައުލޫމާތު ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ސިއްރު ކޮށްފައިވާކަން ހާމަވެފައިވެ އެވެ.

ނަމަވެސް ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވާކަން ހާމަވެފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނަކުންނެވެ. އޭގެ ފަހުން މިވީހާ ތަނަށް ދިވެހި ސަރުކާރުން އެކަމުގައި އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ
Raajje.mv

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

އެގޮތުން އޭނާ ރާއްޖެ ވަޑައިގެންނެވި ކަމެއް، އަދި ސަރުކާރުގެ އިސްވެެރިންނާ ބައްދަލު ކުރައްވާ ކަމެއް މީގެ ކުރިން ސަރުކާރުން ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، އާންމު ގޮތެއްގައި ޤައުމު ތަކުގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން، ދިވެހި ސަރުކާރުން އަދި ފޮރިން މިނިސްޓްރީ އިން ވެސް އެކަން ހާމަ ކުރަމުން ގެންދެ އެވެ.

ސާޖިއޯ ގޯގެ ދަތުރުފުޅާ ގުޅޭ ގޮތުން ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން، ރައީސް އެންމެ ފުރަތަމަ އެ މައުލޫމާތު ހިއްސާ ކުރައްވާފައި ނުވެ އެވެ. ނަމަވެސް، ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ސާޖިއޯ ގޯ ރާއްޖެ ވަޑައިގެން އުޅުއްވާ ކަަމަށެވެ. 

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތަކަށް އެދިފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެގޮތުން ބުރާސްފަތި ދުވަހު ރައީސް މުޢިއްޒުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާ ވެސް އޭނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާ އެކު ރައީސް ވިދާޅުވީ، ރާއްޖެއާ ގުޅުން އޮންނަ ޤައުމަކުން އެފަދަ ކަމަކަށް އެދިއްޖެ ނަމަ، ރާއްޖެ އިން އެ ފުރުސަތު ދޭން ވާނެ ކަމަށެވެ.

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ އަށް ވަޑައިގެންފައި މި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ދުވަސް ވަރެއްގަ އެވެ. އަދި ރާއްޖޭގެ ބައެއް ވައިގެ ބަނދަރު ތަކުގައި އެމެރިކާގެ އުޅަނދުތައް ޖެއްސުމުގެ ހުއްދަ އަކަށް އެ ޤައުމުން އެދިފައިވާ ކަމުގެ އަޑުތައް ވެސް ފެތުރިފައިވާ ދުވަސްވަރެއްގަ އެވެ.