
އިރާނަކީ އިސްވެ ޤައުމުތަކަށް ޙަމަލާދޭ ޤައުމެއް
ނޫން ކަމަށާއި، އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ އެހެނިހެން ޤައުމުތައް
ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ
ދަށުންކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީޤު
ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިއްދީޤު ވަނީ
އަރަބި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން އެމެރިކާގެ އަތްދަށުވެ ފިތުމަކީ އިސްލާމީ އުއްމަތަށް ލިބޭ
ވަރަށްބޮޑު ނިކަމެތިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އެކަމާ
ކަންބޮޑުވަނީ ހަމައެކަނި މުސްލިމުންނެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ސުލްޙަ
ދެމިއޮތުމާމެދު ވިސްނާ ކޮންމެ މީހެއްގެވެސް ކަންބޮޑުވުމެއް ކަމަށެވެ.
ސިއްދީޤު ވިދާޅުވީ، އީރާނުން ރާއްޖޭގެ ދެކުނުން
އޮންނަ ޑިއޭގޯގާސިއާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނަމުންދާ ބުނުމުގެ އަސާސެއް
އޮތްކަމަށްވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އެ ޚަބަރަށް ބަލާއިރު،
އެއީ އީރާނަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާއި ބައިއަތު
ހިފުވައި، ހަގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވެއްދުމަށް ހިންގާ ޕްރޮޕަގެންޑާއަކާ
ވައްތަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް
ސިއްދީޤު ފާހަގަ ކުރެއްވި ގޮތުގައި އީރާނަކީ
އެމީހުން ހަމަލާ ދިނުމުގެ ކުރިން އިންޒާރު ދީފައި ހަމަލާދޭ ގައުމެކެވެ. އަދި
އީރާނުން ހަމަލާދެނީ އަދިވެސް ބައިނަލް އަޤްވާމީ މިންގަނޑު ގެ ތެރެއިންކަން ފާހަގަ
ކުރައްވައި އޭނާ ވަނީ އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދެނީ ހުރިހާ ގާނޫނާ
ތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ވިދާޅުވެފައެވެ.
އެ ޚަބަރަށް ބަލާއިރު، އެއީ އީރާނުން އެމީހުންގެ މިސައިލް ކެޕޭސިޓީއާ ބެހޭގޮތުން ކުރިން ހާމަކޮށްފައިވާ ރާސްތާއަށްވުރެ ދުރުރާސްތާ ހަތިޔާރު އީރާނުގެ އަތުގައި ހުރިކަމަށް ދުނިޔެއަށް ދެއްކުމަށް ފަހު އެއީ ބަހަނާއަކަށް ހަދައި، އީރާނަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާއި ބައިއަތު ހިފުވައި، ހަގުރާމައިގެ ތެރެއަށް އެހެންގައުމުތައް ވެއްދުމަށް ހިންގާ ޕްރޮޕަގެންޑާ އަކާ ވަރަށް ވައްތަރުއަހުމަދު ސިއްދީޤު
އެމެރިކާއާ ދެކޮޅަށް ސަރުކާރުގެ ސްޓޭޓު މިނިސްޓަރަކު
ފާޅުގައި ހޫނު ބަހުގެ ހަމަލާތަކެއް ދީފައިވީނަމަވެސް، މި ހިނގަމުންދާ ހަނގުރާމައާ
ގުޅިގެން ސަރުކާރުން މިހާތަނަށް ދެމުންދަނީ ފިނި ޖަވާބުތަކެއްކަން ފާހަގަ
ކުރެވެއެވެ. ވަކިން ޚާއްސަކޮށް އެމެރިކާ ކުށްވެރިކޮށް ވާހަކަ ދެއްކުމަށް
ސަރުކާރުން ފަސްޖެހެމުންދާއިރު، އިރާނަށް އެމެރިކާއިން ދެމުންދާ ޙަމަލާތައް
ކުށްވެރިކުރަންވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.