ދިވެހިންގެ މެދުގައި ބޮޑު މަގްބޫލްކަމެއް
ހޯދާފައިވާ ޕަރީ ފިލްމްގެ ދެވަނަ ބައި، "ޕަރީ – ޗެޕްޓަރ 2 " ގެ ޓިކެޓު
ވިއްކަން ފަށައިފިއެވެ.
މި ފިލްމުގެ ޓިކެޓު ވިއްކަން ފަށާފައިވަނީ ހޮނިހިރު
ދުވަހުން ފެށިގެންނެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓު
ލިބެން ހުންނާނެއެވެ.
މި ފިލްމު ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ
އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް
ފަންނާނު ކަމުގައިވާ ސީޒަން އަލީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބިރުވެރި
ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އަދި ދިވެހިންނަށް އެންމެ ބޮޑަށް ކަމުދިޔަ
އެއް ފިލްމެވެ.
ޕަރީ ޗެޕްޓަރ 2 އަށް އެތައް ބަޔަކު ތިބީ
އިންތިޒާރުކޮށްގެންނެވެ. ފިލްމްގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބުގެ
އިތުރުން ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސްގެ މުހިންމު އަދި ބޮޑު ރޯލެއް މި ބައިން ފެނިގެން
ދިއުމަކީ މި ފިލްމް އިތުރަށް ޝައުގުވެރިކުރުވާ އެއް ސަބަބެވެ. ޕަރީ ފިލްމްގެ ވާހަކަ
އާއި ފިލްމް ގެނެސްދީފައިވާ ގޮތުގެ އިތުރުން ފިލްމްގެ ތަރިންގެ އެކްޓިން އަށް ވެސް
އާއްމުން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
ފިލްމްގެ ބޮޑުބައެއް އަވަށްޓެރި ސްރީލަންކާގައި
ޝޫޓްކޮށްފައިވާ މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، އަލީ ސީޒަން، ޖުމައްޔިލް ނިމާލް،
އަދި މުހައްމަދު ނައުޝާދު އަލީ ފާހަގަކޮށްލެވެ އެވެ. މި ފިލްމުން ލަންކާގެ ބައެއް
މަގްބޫލް ފަންނާނުންވެސް ފެނިގެންދެ އެވެ.